އިންސާނުން ދޮންނަ މެޝިން، ޖަޕާނުން އުފައްދަން ފަށައިފި

އިންސާނުން ދޮންނަ މެޝިން، ޖަޕާނުން އުފައްދަން ފަށައިފި
ލިޔުން:
އީޖާޒީ އާ އުފެންދުނަތްއް އުފެއްދުމަށް މަޝްހޫރު ޖަޕާނުން 15 މިނެޓުގެ ތެރޭގައި މީހުން ދޮވެ ހިކިލެވޭ އޭއައި ޕަވާޑް ޑިވައިސްއެއް ކަމަށްވާ ފިއުޗަރިސްޓިކް "ހިއުމަން ވޮޝިން މެޝިން" އުފައްދައިފިއެވެ.
ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސައިންސް ކޯ އިން އުފެއްދި "މިރައި ނިންގެން ސެންޓަކޫކް" ނަމަކަށް ކިޔާ މި އިނޮވޭޝަނުން ސްޕާ ތަކުން ލިއްބައިދޭ ފަދަ ތަޖުރިބާއެއް ލިބޭ އިރު، އޭގެ ތެރޭގައި ސާފުކުރުމަށް އެޑްވާންސް ވޯޓާ ޖެޓުތަކާއި މައިކްރޮސްކޯޕިކް އެއާ ބަބްލްސް ހިމެނެ އެވެ. ޖަޕާނުގެ ޕަބްލިކޭޝަން އެއް ކަމަށްވާ "އަޝާހީ ޝިމްބުން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭއައި ސިސްޓަމުން ވޮޝް ސައިކަލް ޕާސަނަލައިޒް ކުރަނީ ބޭނުންކުރާ މީހާގެ ހަމުގެ ބާވަތާއި ފިޒިކަލް މެޓްރިކްސްއަށް ބަލައިގެންނެވެ. މި މެޝިންގެ ޓްރަޔަލްއަށްފަހު، މިހާރު ވަނީ މާސް ޕްރޮޑަކްޝަން އަށް ތައްޔާރުވެފައެވެ.
މެޝިން މަސައްކަތްކުރާގޮތް:
މެޝިނުގެ ޓްރާންސްޕޭރަންޓް ޕޮޑްގެ ތެރެއަށް މީހާ އެރުމުން ފިނިމިނާއި ހޫނު މިން ދެބައިހަމަކޮށް ހައިސްޕީޑް ވޯޓާ ޖެޓްތަކުން މީހާގެ ހަނގަނޑަށް އަމާޒުކޮސް މައިކްރޮސްކޯޕިކް ބަބްލްސް ދޫކޮށް ހަންގަނަޑުގައި ހޖެހި ބަބްލްސް ތައް ޕފަޅައިގެންދާއިރު ހަންގަނޑުގައި ހުންނަ މިލަތަތަކާއި ހިފާފައި ހުންނަ ޑްރައި ސްކިންސް ނައްތާލާނެއެވެ. އެ މަސައްކަތް މެޝިނުންކުރާއިރު މެޝިނުގެ އޭއައި ޓެކްނޮލޮޖީގެ އެހީގައި މުހިއްމު ބައިތަކާއި ހަނގަނޑުގެ ނާޒުކުކަން ދެނެގަނެ ވޯޓާ ޖެޓްތަކުގެ ޕްރެޝަރާއި ފިނި ހޫނު މިން އެޖެސްޓް ކޮށްދޭނެއެވެ. އަދި މި މެޝިނަކީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަމާޒުކޮށް އެ މިޝިނުން މީހާ ދޮވެވޭއިރު މެޝިނުގައި އިންނަ ޕްރޮޖެކްޓަރުން މީހާއަށް ހަމަހިމެންކަމާ އުފާވެރިކަން ގެނުވައިދޭފަދަ މަންޒަރުތަކާއި އަޑުތައް ވެސް ގެނެސްދޭ މެޝިނެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
