މާލެ: 31°C

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލާނެ

December 8, 2024
2 ފަހަރު ބަލާފައި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލާނެ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލާނެ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް(ޑަބްލިއުޑީސީ)ތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ. ރައީސް އެގޮތަށް ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާ މިއަދު މެންދުރު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން އެ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ނުދެއްވަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އުކުޅަހުގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކޮށް ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރި އެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަގުފަހިކޮށް ދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުއައްސަސާތަކާ އެކު ކުރައްވާ މަސައްކަތްތައް ކައުންސިލާއި ހިއްސާކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ހިއްސާ ކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ