މާލެ: 31°C

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

December 8, 2024
2 ފަހަރު ބަލާފައި
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ދެ މީހުން މަގާމުން ވަކިކުރަން އެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެ މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެ އިއުލާނުގައިވާ ގޮތުން މެމްބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެ، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ. އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ