މާލެ: 31°C

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ "ޔާޔާ ނަބީލް"ގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

December 8, 2024
2 ފަހަރު ބަލާފައި
އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ "ޔާޔާ ނަބީލް"ގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ "ޔާޔާ ނަބީލް"ގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
ޓިކްޓޮކްގައި ”ޔާޔާ ނަބީލް“ ގެ ނަމުން މަޝްހޫރުވެފައިވާ 39 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފި އެވެ. ފުލުހުން ބުނާގޮތުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އަންހެނުންގެ ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިޢުކުރަމުންދިޔަ މައްސަލައިގެ ތަޙްޤީޤު ވަނީ ނިންމާފަ އެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 17 އޮގަސްޓް 2023 ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. މުޙައްމަދު ނަބީލް ކަމަށް ބެލެވޭ މި ފަރާތް ވަނީ ނިވާކަން ކުޑަ އަންހެނުންގެ ހެދުން ލައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރުމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ މި ޢަމަލު ތަކުރާރު ނުކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޢާފަށްވެސް އެދިފަ އެވެ. ނަމަވެސް، ފަހުން އަނެއްކާވެސް އަންހެނުންގެ ހެދުން އަޅައިގެން ޓިކްޓޮކްގައި ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެވެ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި، މުޙައްމަދު ނަބީލް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އަދި އެ ކައިވެނިން އަންހެން ދަރިއަކު ލިބިފައިވާ ކަމަށްވެސް ބުނެވެއެވެ. ގިނަ ބަޔަކު އަންނަނީ އޭނާ މިނިވަންކަމާއެކު އަދިވެސް ނިވާކަން ކުޑަ އަންހެނުންގެ ހެދުން ލައިގެން އިޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުގައި ނުބަހައްޓާތީވެސް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ