މާލެ: 31°C

ރައީސްގެ ތޮއްޑޫ ދަތުރުފުޅު: ސިޔާސީ ވިސްނުމުގައި އެއްވެސް ކަމެއް ނުކުރާނެ

December 8, 2024
2 ފަހަރު ބަލާފައި
ރައީސްގެ ތޮއްޑޫ ދަތުރުފުޅު: ސިޔާސީ ވިސްނުމުގައި އެއްވެސް ކަމެއް ނުކުރާނެ
ރައީސްގެ ތޮއްޑޫ ދަތުރުފުޅު: ސިޔާސީ ވިސްނުމުގައި އެއްވެސް ކަމެއް ނުކުރާނެ
އިންތިޚާބާ ދިމާކޮށް ސިޔާސީ ވިސްނުމުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ޖަލުގައި ތިބޭ ކުށްވެރިން އެއްވެސް ރީހެބިލިޓޭޝަނެއް ނެތި މަގުމައްޗަށް ދޫކޮށްލާފައިވާ ކަމަށާއި، އޭގެ ސަބަބުން ނުރައްކާތެރި އަދި އަނިޔާވެރި ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމަށް އަހަރެއްވެގންދިޔައިރު ދޫކޮށްލާފައިވަނީ ޖުމްލަ 86 މީހުންނެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައިވެސް މަޖިލިސް އިންތިހާބުވެސް ދިމާވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބު ދިމާވިނަމަވެސް ސިޔާސީ ވިސްނުމުގައި ކުށްވެރިންތަކެއް މަގުމައްޗަށް ދޫކޮށްލާފައިނުވާކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމގައި ޖަލުތަކުން ދޫކޮށްލި ކުށްވެރިންގެ އަދަދުތައްވެސް ވިދާޅުވެފަ އެވެ. އެގޮތުން؛
  • 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް 429 މީހުން ދޫކޮށްލާފައިވޭ.
  • 2022 ވަނަ އަހަރު 256 މީހުން ދޫކޮށްލައިފައިވޭ.
  • ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 މީހުން ދޫކޮށްލާފައިވޭ.
  • 2019 ވަނަ އަހަރު 762 ކުށްވެރިން ދޫކޮށްލާފައިވޭ
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ ޖަލުގައި ތިބޭ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފަށާފައި ކަމަށާއި، މި ޕްރޮގްރާމްތަކުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ