މާލެ: 31°C

ގްރީން ޒޯންގައި މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ ކުރިން އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ބަލަނީ

December 8, 2024
2 ފަހަރު ބަލާފައި
ގްރީން ޒޯންގައި މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ ކުރިން އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ބަލަނީ
ގްރީން ޒޯންގައި މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ ކުރިން އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ބަލަނީ
މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީންނަށް ފިޔަވަޅު އަޅާނީ މައްސަލަ ބެލުމަށް ފަހުކަމަށް  ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު މިއަދު ހާމަކުރައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ދަނީ ބަލަމުން ކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ”މި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންވެސް ދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން،“ ޝަމްއާން ވިދާޅުވިއެވެ. ޝަމްއާން އިތުރަށް ވިދާޅުވީ އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ޢަމަލު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަދު މުލިއާގެ ކައިރިއަށް ބިދޭސީންތަކެއް އެއްވެ މުޒާހަރާކޮށްފައިވަނީ އެ މީހުންނަށް މުސާރަ ނުދޭކަމަށް ބުނެ އެވެ. މުލިއާގެ ދޮށަށް އެއްވީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ