މާލެ: 31°C

ރައީސް ތޮއްޑޫ ކައުންސިލާ ބައްދަލު ކުރެއްވުން: ކައުންސިލުން އެދުނީ ފައިނޭންސް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް

December 8, 2024
2 ފަހަރު ބަލާފައި
ރައީސް ތޮއްޑޫ ކައުންސިލާ ބައްދަލު ކުރެއްވުން: ކައުންސިލުން އެދުނީ ފައިނޭންސް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް
ރައީސް ތޮއްޑޫ ކައުންސިލާ ބައްދަލު ކުރެއްވުން: ކައުންސިލުން އެދުނީ ފައިނޭންސް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް
އއ. ތޮއްޑޫގެ އިގުތިސޯދު ރަނގަޅު ކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފި އެވެ. ތޮއްޑޫ ކައުންސިލުން އެކަމަށް އެދިވަޑައިގެންފައި ވަނީ ރައީސް އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އެ ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގަ އެވެ. ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވައި، މިހާރަށް ވުރެ ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި ރަށުގެ އިގުތިސޯދު ރަނގަޅު ކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން ވަނީ ތޮއްޑޫގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ތޮއްޑޫ ކައުންސިލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނު އެވެ. ރައީސްގެ ދަތުރުފުޅުގައި ތޮއްޑޫއަށް ފަހު މިއަދު ދެން ވަޑައިގަންނަވާނީ ރަސްދޫ އަދި މަތިވެރިއަށެވެ. ކ. ގާފަރު، ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ