މާލެ: 31°C

ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ވަޢުދު

December 8, 2024
2 ފަހަރު ބަލާފައި
ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ވަޢުދު
ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ވަޢުދު
އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވުމާ އެކު، ޑޮލަރު ވެސް ތިޔާގި ކަމަށެވެ. އެހެންވެ، އެ ރަށު ރައްޔިތުންނަށް ރަށުގައި ތިބެ ޑޮލަރު ނެގޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ނެތުމުން، އެއް ރަށުން އަނެއް ރަށަށް ބޭންކިން ހިދުމަތް ހޯދަން ދަތުރުކުރުން އަންނަ އަހަރުގެ ނިމުމުގެ ކުރިން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އޭޓީއެމް ނެތް ހުރިހާ ރަށެެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން އޭޓީއެމް ގާއިމުކޮށް، އާބާދީ ބޮޑެތި ރަށްރަށުގައި ބޭންކްގެ ބްރާންޗް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ. "ބޭނުންވަނީ އެމީހަކާ ގާތުން ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާ އެކު މިދެންނެވި ގޮތަށް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ގާއިމުކުރެވިގެންދިއުން،" ރައީސްގެ ވިދާޅުވި އެވެ. ޑޮލަރު އޭޓީއެމް ގާއިމުކުރުމުގެ އިތުރުން، ތޮއްޑޫގައި އެހެނިހެން ތަރައްގީގެ ޕްރޮޖެކްޓްތައް ވެސް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ރަށުގެ މަގުތައް ހެދުމާއި ސްކޫލާއި ހެލްތު ސެންޓަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ