މި ސަރުކާރުން މާފުދީގެން ދޫކޮށްލީ 86 ގައިދީން: ރައީސް

މި ސަރުކާރުން މާފުދީގެން ދޫކޮށްލީ 86 ގައިދީން: ރައީސް
ލިޔުން:
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިވީހާ ތަނަށް މާފު ދީގެންނާއި ޕެރޯލްގެ ގާނޫނުގެ ދަށުން 86 ގައިދީއަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެ މައުލޫމާތު ހިއްސާކުރެއްވީ އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކި ވާހަކަފުޅުގަ އެވެ.
"އަޅުގަނޑުމެން މި ނިމުނު އަހަރު [2024] ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ކްލެމެންސީގެ ތެރެއިން ވިޔަސް އަދި ގާނޫނުގެ އޮންނަ ފުރުސަތުގެ ތެރެއިންވިޔަސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލުއިގެ ތެރެއިން ވިޔަސް ޖުމްލަކޮށް އަދަބު ލުއިކޮށްދީ ދޫކޮށްލާފައިވަނީ ޖުމްލަ 86 މީހުން،'' ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރުގެ އެއް އަހަރު ތެރޭގައި ޖަލުން މިނިވަން ކުރި ގައިދީންގެ އަދަދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަލުން މިނިވަންކުރި ގައިދީންގެ އަދަދުގެ ހުރި ފަރަގު ރައީސް ވިދާޅުވެދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބާ ދިމާކޮށް 762 މީހުން ދޫކޮށްލި ކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 458 ގައިދީން މިނިވަންކޮށްފައިވާއިރު، ޖެހިގެން އައި 2022 ވަނަ އަހަރު 256 މީހުން އަދި 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރު 429 މީހުން ޖަލުން ދޫކޮށްލާފައިވާ ކަމަށެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
