މާލެ: 31°C

އަންނަ އަހަރު ތޮއްޑޫގެ މަގުހެދުމާއި ޑޮލަރު އޭޓީއެމް އެއްގެ އިތުރުން ސިއްހީ މަރުކަޒާއި ސްކޫލުގެ ޖާގަ ތަނަވަސްކޮށްދޭނެ: ރައީސް ޑރ.މުއިއްޒު

December 8, 2024
2 ފަހަރު ބަލާފައި
އަންނަ އަހަރު ތޮއްޑޫގެ މަގުހެދުމާއި ޑޮލަރު އޭޓީއެމް އެއްގެ އިތުރުން ސިއްހީ މަރުކަޒާއި ސްކޫލުގެ ޖާގަ ތަނަވަސްކޮށްދޭނެ: ރައީސް ޑރ.މުއިއްޒު
އަންނަ އަހަރު ތޮއްޑޫގެ މަގުހެދުމާއި ޑޮލަރު އޭޓީއެމް އެއްގެ އިތުރުން ސިއްހީ މަރުކަޒާއި ސްކޫލުގެ ޖާގަ ތަނަވަސްކޮށްދޭނެ: ރައީސް ޑރ.މުއިއްޒު
އަންނަ އަހަރު އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި ރަނގަޅުފެންވަރަކަށް މަގުތައް ހައްދަވަނަ ފައްޓަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. ތޮއްޑޫއަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ރަށަށް ޑޮލަރު އޭޓީއެމެއްގެ މުހިއްމުކަން ބޮޑުވެފައިވާ ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ތެރޭގައި އެރަށުގައި ޑޮލަރު އެޓީއެމް އެއް ބަހައްޓައި އޭގެ ޙިދުމަތް ދޭން ފަށާނެކަމަށެވެ. އަދި ތޮއްޑޫގެ މަގުތަކުގެ މައްސަލަވެސް ވަރަށް ބޮޑުވެފައިވާތީ ވިއްސާރަ ދުވަސްވަރު ސުކޫލުކުދިންނާއި އެހެނިހެން ފަރާތްތަކުން ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަންޖެހިފައިވާތީ އެކަމަށްވެސް އަންނަ އަހަރު ހައްލު ހޯއްދަވައިދެއްވާނެ ކަމަށާއި އެ ގޮތުން އަންނަ އަހަރު އެ ރަށުގެ މަގުތައްވެސް ރަނފގަޅުފެންވަރަކަށް ހައްދަވައިެދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި ރަށުގެ ޓޫރިޒަމަށް ވެސް މަގުފަހިވާ ގޮތަށް ގާ އަތުރައިގެން މަގުތައް ހަދާނެ. އެ މަޝްރޫއަކީ ސޮއި ވެސް ކުރެވިފައި އޮތް މަޝްރޫއެއް
އިތުރަށް ރައީސް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ރަށުގެ މަގުތައް ހެދިފައި ހުރުމަކީ އިގުތިސާދަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެހެންވެ އެކަންކޮށް ދޭން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އޭގެ އިތުރުން ސްކޫލްގެ ޖާގަ ބޮޑުކޮށް ދިނުމާއި ރަށުގެ ސިއްހީ މަރުކަޒު ވެސް ބޮޑުކޮށް ދިނުމަކީ އަންނަ އަހަރު ސަރުކާރުން ކޮށްދޭނެ ކަންކަންކަމަށެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ