މާލެ: 31°C

ސީއެޗްއެސްއީ ބަލިކޮށް ޗެމްޕިއަންކަން ހޯދި އިހަވަންދޫ ސުކޫލް ޓީމަށް ރަތްދޫލައިގެ މަރުޚަބާއެއް

December 8, 2024
2 ފަހަރު ބަލާފައި
ސީއެޗްއެސްއީ ބަލިކޮށް ޗެމްޕިއަންކަން ހޯދި އިހަވަންދޫ ސުކޫލް ޓީމަށް ރަތްދޫލައިގެ މަރުޚަބާއެއް
ސީއެޗްއެސްއީ ބަލިކޮށް ޗެމްޕިއަންކަން ހޯދި އިހަވަންދޫ ސުކޫލް ޓީމަށް ރަތްދޫލައިގެ މަރުޚަބާއެއް
މާލޭގައި ކުރިއަށް ގެން ގެންދިޔަ އިންޓަރސްކޫލް ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ ސުކޫލް ޓީމަށް އިހަވަންދޫއިން ރަތްދޫލައިގެ މަރުޚަބާއެއް ކިޔައިފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ހުޅުވާލައިގެން މާލޭގައި ކުރިޔަށްގެންދިޔަ އިންޓަރސްކޫލް ވޮލީބޯލް މުބާރާތުގެ ޗެމްޕިއަން ކަން އިހަވަންދޫ ސްކޫލުން ހޯދާފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުގައި ސެންޓަރފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުން މެޗް ކާމިކާޔަބުކޮށްގެންނެވެ. [caption id="attachment_114886" align="alignnone" width="2048"] ފޮޓޯ: އިހަވަންދޫ ސްކޫލް އެފްބީ[/caption] [caption id="attachment_114885" align="alignnone" width="1440"] ފޮޓޯ: އިހަވަންދޫ ސްކޫލް އެފްބީ[/caption] މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު މިއަދު ހެނދުނު އިހަވަންދޫ ސްކޫލްގެ ވޮލީޓީމް އެރަށަށް ދިއުމުން ސްކޫލްގެ ދަރިވަރުންނާއި، މުދައްރިސުން އަދި އެ ރަށުގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށްނުކެމެ ދަރިވަރުންނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފައެވެ. [caption id="attachment_114887" align="alignnone" width="2048"] ފޮޓޯ: އިހަވަންދޫ ސްކޫލް އެފްބީ[/caption] [caption id="attachment_114882" align="alignnone" width="1440"] ފޮޓޯ: އިހަވަންދޫ ސްކޫލް އެފްބީ[/caption] އިންޓަރ ސްކޫކުލް ވޮލީ މުބާރާތުގައި އިހަވަންދޫ ސްކޫލުން ވަނީ އަންހެންޑިވިޒަން އާއި ފިރިހެން ޑިވިޒަންގައި ޓީމުތައް ބައިވެރިކޮށްފައެވެ. އެގޮތުން އިހަވަންދޫ ސްކޫލުން މުޅިން އަލަށް ބައިވެރިވި އެ މުބާރާތުގައި އެ ސްކޫލުގެ އަންހެންޓީމު ވަނީ މުބާރާތުގެ 3 ވަނަ މަޤާމު ހޯދާފައެވެ. އަދި ފިރިހެން ޓީމުވަނީ މުބާރާތުގެ ޗެމްޕިއަންކަމާއި އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ