ސޫރިއާގެ ރައީސް ފިއްލަވައިގެން ވަޑައިގެންނެވި ފްލައިޓް ރާޑަރަށް ގެއްލިއްޖެ، ހަނގުރާމަވެރިން ބުނަނީ ވައްޓާލީ ކަމަށް

ސޫރިއާގެ ރައީސް ފިއްލަވައިގެން ވަޑައިގެންނެވި ފްލައިޓް ރާޑަރަށް ގެއްލިއްޖެ، ހަނގުރާމަވެރިން ބުނަނީ ވައްޓާލީ ކަމަށް
ލިޔުން:
ސޫރިޔާގެ ރައީސްގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނަމުން ދަނިކޮށް މަތިންދާބޯޓެއްގައި އާއިލާ އާއިއެކު ގައުމު ދޫކުރައްވާ ނިކުމެ ވަޑައިގެންފަހުން ފްލައިޓް ރާޑަރުން އެ ފުލައިޓް ގެއްލިއްޖެއެވެ.
ސޫރިޔާގެ އަސްކަރީޔާއިން އެގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައިސްފައިވާކަމަށް އިއުލާނުކުރައްވާފައިވަނިކޮށް ރައީސް ބައްޝާރުލް އަސަދު ދިމިޝްގުން ފިލައިގެން މަތިންދާބޯޓެއްގައި ފުރާވަޑައިގެންނެވި ފަހުން އެމަނިކުފާނު އާއިލާއާއެކު ދަތުރުކުރެއްވި މަތިންދާބޯޓްވަނީ ފްލައިޓްރާޑަރުން ގެއްލިފައެވެ. އެއާއެކު ބައްޝާރުލް އަސަދު އާއި ދެކޮޅަށް ހަނގުރާމާކުރާ ޖަމާއަތަކުންވަނީ އެމަނިކުފާނު ދަތުރުކުރެއްވި ފުލައިޓް ހަމަލާދީ ވައްޓާލާފައިވާކަމަށް ބުނެފައެވެ.
ސޫރިޔާގެ އަސްކަރީޔާގެ އިސް ދެ އޮފިސަރަކާއި ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ރާމީ އަބްދުއްރަހްމާން މީޑިއާ އާއި ވާހަކަދައްކަވަމުން ބުނެފައިވަނީ ސޫރިއާގައި ބައްޝާރުލް އަސަދު ކުރަމުން އައި ވެރިކަން 24 އަހަރުފަހުން މިއަދު ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި މީގެ ގަޑިއިރެއްހާއިރު ކުރިން ހަނގުރާމަވެރިން ބުނެފައި ވަނީ މައި ސިޓީގެ ފުރިހަމަ ކޮންޓްރޯލް ލިބުނީ އެންމެ ދުވަހެއްގެ ހަނގުރާމައަކަށް ފަހު ކަމަށާއި އެއަށްފަހު އެގައުމުގެ ބޮޑުވަޒީރު އިދިކޮޅު ފަރާތްތަކާ ސަރުކާރު ހަވާލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ބުނެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
