
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އއ.ތޮއްޑޫ އަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އއ.ތޮއްޑޫ އަށް ވަޑައިގެންފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ހެނދުނު އއ.ތޮއްޑޫއަށް ވަޑައިގެންފިފެއެވެ.
މިއަދު ހެނދުނުގެ ވަގުތެެއްގައި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއެކު އެމަނިކުފާނު ސީޕްލޭންގައި އެ ރަށަށް ވަޑައިގެންނެވުމުން އެރށުން ވަނީ ރަތްދޫލައިގެ މަރުޚަބާއެއް އަރުވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ހުރިހާ އުމުރުގެ ކުދިބޮޑު ރައްޔިތުން ބަނދަރުމައްޗަށް ނިކުންނަވައި އެމަނިކުފާނަށް މަރުޚަބާ ދެންނެވުމުގައިވަނީ ބައިވެރިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލް އާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެ ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫ އާއި މަތިވެރިއަށްވެސް މިއަދު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
