ތިމާވެށީގެ ނާޒުކު ގައުމުތަކަށް އެހީތެރިވުމަށް ރާއްޖެއިން ގޮވާލައިފި

ތިމާވެށީގެ ނާޒުކު ގައުމުތަކަށް އެހީތެރިވުމަށް ރާއްޖެއިން ގޮވާލައިފި
ލިޔުން:
ރާއްޖެފަދަ މޫސުމާ ބަދަލުތަކުގެ ނުރައްކާ ބޮޑު ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ ގައުމުތަކުން އެހީތެރިކަން ފޯރުކޮށް ދޭން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖެއިން ގޮވާލައި ފިއެވެ.
މުސޫމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އައިސީޖޭގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދަން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ އައިސީޖޭއަށް ހުށަހަޅާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) އިންނެވެ.
އައިސީޖޭގައި އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެވެ. އެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްޔެ ދީފައިވާއިރު، އައިސީޖޭގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.
އައިސީޖޭގައި ބަޔާން ދެއްވަމުން އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.
"ބައިނަލްއަގުވާމީ ގާނުނުތަކުގެ ދަށުން ދިވެހިރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއުޅުއްވާލައްވައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލުކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިޔަތެއްކަން ފާހަގަކުރައްވައިފައިވެއެވެ" އޭޖީ އޮފީހުން ބުންޏެވެ.
ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލެއްވި ކަަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފުސީލުކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގަ އާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކު އޮންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
