މާލެ: 31°C

އާޓިފިޝަލް ބީޗްގައި ބިދޭސީންގެ މާރާމާރީ: ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދީފި

December 7, 2024
2 ފަހަރު ބަލާފައި
އާޓިފިޝަލް ބީޗްގައި ބިދޭސީންގެ މާރާމާރީ: ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދީފި
އާޓިފިޝަލް ބީޗްގައި ބިދޭސީންގެ މާރާމާރީ: ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދީފި
އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދެއްވައިފި އެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މާރާމާރީ ހިނގީ މިއަދު އިރުއޮއްސުނުފަހުންނެވެ. އެ ސަރަަހައްދުގައި ތިބި ބައެއް މީހުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިނގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގަ އެވެ. އެވަގުތު ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު، މާރާމާރީގައި ކުޑަކުއްޖަކަށް ވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ. އާޓިފިޝަލް ބީޗުގައި ހިނގާދިޔަ އެ މާރާމާރީ އާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ އެ ސަަރަހައްދުގައި މާރާމާރީ ހިންގާ އާންމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަަމަށެވެ. "އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަމްއާން ކުރެއްވި ޕޯސްޓުގައިވެ އެވެ. މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާޓިފިޝަލް ބީޗް ސަރަަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އިރުއޮއްސި 6:22 ހާއިރު ކަމަށެވެ. މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ