މާލެ: 31°C

400 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން އެމްޑަބްލިއުއެސްސީ އިން ހުޅުވާލައިފި

December 7, 2024
2 ފަހަރު ބަލާފައި
400 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން އެމްޑަބްލިއުއެސްސީ އިން ހުޅުވާލައިފި
400 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން އެމްޑަބްލިއުއެސްސީ އިން ހުޅުވާލައިފި
400 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން އެމްޑަބްލިއުއެސްސީ އިން ހުޅުވާލައިފިއެވެ. މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ހުޅުވާލައިފި އެވެ. ދެ މަރުހަލާ އަކަށް ބަހާލައިގެން ވިއްކުމަށް ހަމަޖެހިފައިވާ 400 މިލިއަން ރުފިޔާގެ ބޮންޑުގެ ތެރެއިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިހާރު ވިއްކަން ހުޅުވާލާފައިވާ  200 މިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްކުރާ ފަރާތްތަކަށް 5 އަހަރުގެ ތެރޭގައި އަހަރަކު 7.5 އިންސައްތަ އިންޓަރެސްޓް ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެކުންފުނިން ބޮންޑު ވިއްކުމަށް ހުޅުވާލާފައިވަނީ އެކުންފުނިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށްޓަކައި ކަމަށާއި، އެގޮތުން މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ފެނާއި، ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ އިތުރުން، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާ ކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ