މާލެ: 31°C

ކާނިވާ ސްޓޭޖް ތަޅާލައި، އާ ސްޓޭޖެއް އަޅަން ސިޓީ ކައުންސިލުން ނިންމައިފި

December 6, 2024
2 ފަހަރު ބަލާފައި
ކާނިވާ ސްޓޭޖް ތަޅާލައި، އާ ސްޓޭޖެއް އަޅަން ސިޓީ ކައުންސިލުން ނިންމައިފި
ކާނިވާ ސްޓޭޖް ތަޅާލައި، އާ ސްޓޭޖެއް އަޅަން ސިޓީ ކައުންސިލުން ނިންމައިފި
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއުގެ މައުލޫމާތު ދިނުމަށް މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ހ. ހުޅުގަލީގައި ހުންނަ އެ ކައުންސިލްގެ އެޑްމިން ސެކްޝަންގެ މީޓިން ރޫމްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ