ބޭނުމަކީ ވެރިކަން ވައްޓާލުމެއް ނޫން، ސަރުކާރު ޖަވާބުދާރީ ކުރުވުން: ފައްޔާޒު

ބޭނުމަކީ ވެރިކަން ވައްޓާލުމެއް ނޫން، ސަރުކާރު ޖަވާބުދާރީ ކުރުވުން: ފައްޔާޒު
ލިޔުން:
އެ ޕާޓީގެ މަސައްކަތަކީ ވެރިކަން ވައްޓާލުން ނޫން ކަމަށާއި ކުރަން އުޅޭ މަސައްކަތަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ" ގެ ނަމުގައި ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީ ހޯދީ އެމްޑީޕީން ކަން އާންމުންނަށް އެނގޭނެ ކަމަށެވެ. ވުމާ އެކު ގާނޫނު އަސާސީ ދިފާއުކޮށް، ދަހައްޓައި ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެ ޕާޓީން ކުރާނެ ކަމަށެވެ. ގާނޫނު އަސާސީ ހޯދީ ކުޑަ މަސައްކަަތުން ނޫން ކަމަށާއި އެކަން ކުރީ އެތައް އަހަރަކުން، އާންމުންގެ ގިނަ ބައެއްގެ ގުރުބާނީ އާއެކު ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ދާއިރާތަކަކުން ލިބިފައިވާ ކުރިއެރުންތަކުން މަހުރޫމުވެ، ފަހަތަށްދާ މަންޒަރު ކަމުގަ އެވެ.
"ރައްޔިތުން ދިން ވޯޓަކުން ވެރިކަން ލިބުނީމާ އަޅުގަނޑުމެން އެކަމަށް އިހުތިރާމުކޮށް، އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު މަޑުކޮށްފިން. އެތައް ބައެއްގެ ލޭ އޮހޮރުވައިގެން ގާނޫނު އަސާސީން ހޯދި އެ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރީމާ ދެނެއް އަޅުގަނޑުމެންނަކަށް މަޑެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
