ރައްޔިތުންނަށް އެނގެން ވާނެ މިހާރު މި ފޭރެނީ ކޮން ލެވެލެއްގައިކަން. ހަމަ ޓާޝަރީ ފެންވަރުގައި ފޭރެނީއެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންކަމާއެކު ވެރިކަން ކުރާ ޕާޓީ ތެރޭގައި ހަރަކާތްތެރިވާނަމަ މިހާރު އެ ހިންގާ ކޮރަޕްޝަންތައް ނުހިންގޭނެ ކަން ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް އެނގިލައްވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނު ހަވާސާކުރަން އެބޭފުޅުންނަށް ޖެހުނީ ކަމަށެވެ. އެގޮތުން މިހާރު އެބޭފުޅުންގެ ތެރެއިން މަޖިލީހުގައިވެސް އެ ކޮރަޕްޝަންތައް ބަލާނެ ބަޔަކު ނެތް ކަމަށެވެ. ސަރުކާރުގެ ކޮރަޕްޝަން ހުރި ލެވެލް އާ ބެހޭގޮތުން މީހަކު ދައްކާނެ ވާހަކައެއް ނެތްކަމަށާއި އެކަން ކަން ސަރުކާރުން ހިންގަމުންގެންދަނީ ވަރަށް ބޮޑަށް ހާމަކޮށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެއެ. އެގޮތުން ސްޓެލްކޯއަށް އެސްޓީއޯ އިން ވިއްކާ ތެލުން ލިޓަރަކަށް އެސްޓީއޯ އިން 2 ރުފިޔާ ނަގާ ކަމަށާއި އެކަމަކީ މީގެ ކުރިން ކަންކަން ކުރަމުން އައި ގޮތް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރަށް ސަނާކިޔަން ޖެހޭ ވަރުގެ ކަމެއް އަދި ކުރެވިފައި ނެތް ކަމަށާއި ސަނާ ކިޔަން ބޭނުންވިޔަސް ސަނާ ކިޔޭނެ ގޮތެއްވެސް ނެތް ކަމަށްވެސް ރައީސް ޔާމީންވިދާޅުވި އެވެ.

ސަރުކާރުގެ ފޭރުން ހުރީ ޓާޝަރީ ފެންވަރުގައި: ރައީސް ޔާމީން
ސަރުކާރުގެ ފޭރުން ހުރީ ޓާޝަރީ ފެންވަރުގައި: ރައީސް ޔާމީން
ލިޔުން:
ޓާޝަރީފެންވަރުގައި ސަރުކާރުން ފޭރެމެންގެންދާކަން ރައްޔިތުންނަށް އެނގެންޖެހޭކަމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްވެ ހިންގަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޕީއެންއެފް ފްރޮންޓް އޮފީސް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ދަނީ ގައުމާއި ރައްޔިތުން ގެ އަތުން ފޭރެމުން ކަމަށާއި އެ މިންވަރު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، އެކަން މިސަރުކާރުން ކުރަމުންގެންދަނީ ޓާޝަރީ ފެންވަރުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
