މާލެ: 31°C

ވަޅިން ބިރުދައްކައި، ފޭރުނު މީހަކު ހައްޔަރުކޮށްފި

December 5, 2024
2 ފަހަރު ބަލާފައި
ވަޅިން ބިރުދައްކައި، ފޭރުނު މީހަކު ހައްޔަރުކޮށްފި
ވަޅިން ބިރުދައްކައި، ފޭރުނު މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބިދޭސީއަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ. އެކަން ހިނގީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ކަމަށެވެ. މި މައްސަލަ އާ ގުޅިގެން ވަޅިން ހަމާލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، އިއްޔެގެ ވަގުތެއްގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. މާރަންދޫ، އުތުރުގެ، އިބްރާހީމް މުހައްމަދު (40އ) އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމުގަ އެވެ. އަނިޔާވި ބިދޭސީ މީހާއަށް އެޗް16 ކްލިނިކުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ