މާލެ: 31°C

ފުލުސް މީހާގެ ލޯބިވެރިޔާ ބްލެކްމައިލް ކުރީ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން

December 5, 2024
2 ފަހަރު ބަލާފައި
ފުލުސް މީހާގެ ލޯބިވެރިޔާ ބްލެކްމައިލް ކުރީ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން
ފުލުސް މީހާގެ ލޯބިވެރިޔާ ބްލެކްމައިލް ކުރީ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން
ލޯބިވެރިޔާގެ ބައްޕައަށް ވެސް އޮރިޔާން ފޮޓޯ ފޮނުވާނެ ކަމަށް ބަންދުގައި ހުރި ފުލުސް މީހާ ބުނިކަން ހާމަވެއްޖެ އެވެ. އއ. މަތިވެރީގައި ލޯބިވެރިޔާ އަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައިގައި ހައްޔަރުކުރި މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރި ރެކްރޫޓް ފުލުހެއް ކަމަށްވާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19އ) އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރީ މިިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މީގެ ކުރިންވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު މިއަދު އަނެއްކާވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ޒައިދާން ވަނީ ހެކި ނައްތާލުމަށް ފޯނުވެސް ނައްތާލައިފަ އެވެ. އެ އަމުރުގައި އިތުރަށް ބުނީ ލޯބިވެރިޔާގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޖިސްމާނީ އަނިޔާ ކުރާނެ ކަމަށް ބުނެ ފައިސާ ދިނުމަށް ވެސް ޑިމާންޑްކޮށްފައިވާ ކަމަށެވެ. އަދި ލޯބިވެރިޔާގެ އޮރިޔާން ހުރި ފޮޓޯ ލީކުކުރާނެ ކަމަށާއި އަދި އޭނާގެ ބައްޕައަށް ވެސް ފޮޓޯތަށް ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށް ބަންދު އަމުރުގަިއ ފާހަގަކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ