މާލެ: 31°C

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކަށް ދައުވާކުރާ ފޮނުވައިފި

December 5, 2024
2 ފަހަރު ބަލާފައި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކަށް ދައުވާކުރާ ފޮނުވައިފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކަށް ދައުވާކުރާ ފޮނުވައިފި
ސްކޫލު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ހުށަހަޅައިފި އެވެ. ސައުތު ސެންޓްރަލް ޕޮލިސް (މ, ފ, ދ, ތ, ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލް ފިރިހެން ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ, ގްރޫމް ކުރި ކަމަށް ތުހުމަތު މައްސަލަ އެއް ފުލުހުން ބަލަން ފެށީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެ ކޭސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑީއާތަކާ ހިއްސާކުރަމުން ފުލުހުން މިއަދު ބުނީ، ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލާގައި ހިމެނޭ ޓީޗަރު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މައްސަލާގައި ފުލުހުންގެ ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 20 ދުވަހެވެ. ދެވަނަ ފަހަރު 30 ދުވަހަށް ބަންދުކުރި އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި އެ ޓީޗަރަށް ދައުވާކުރުމަށް ހުސްވި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ