
ރައީސް ޑރ.މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރައްވައިފި
ރައީސް ޑރ.މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރައްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކެޔޮޅުންނާ ވައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކެޔޮޅުންނާ ބައްދަލުކުރައްވައި އެ ސިނާއަތުގައި ހުރި މައްސަލަތަކާއި ސަރުކާރުން މިހާރުން މިހާރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކެޔޮޅުންނާ މަޝްވަރާ ކުރައްވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ހާމަކޮށްފައިވާ ގޮތުގައި މަހުގެ އަގު ދަށްވުމާއި މަސްކިރުމަށްފަހު ތެލާ ފައިސާ ލިބުމުގައި ހުރި ދަތި ތަކާ ގުޅޭގޮތުން އެ މައުލޫމާތު ރައީސް އާއި ހިއްސާކުރައްވާފައެވެއެ. އަދި މަހުގެ ހަމަ އަގު ހޯދުމަށްޓަކައި މަސް ރައްކާކުރުމާއި މާކެޓް ކުރުމުގައްޔާއި ބޭނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ބުނެފައިވެއެވެ.
އެ ބައްދަލުވުމުގައި ކެޔޮޅުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި އަވަސް ފިޔަވޅުތަކެއް އަޅުއްވާނެ ކަމަށާއި އަދި ގިނަގިނައިން މަސްވެރިންނާ ކުރިއަށް އޮތްތަނުގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
