މާލެ: 31°C

ހިޔާޓަވަރުގައި އިތުރު ލިފްޓް އަޅުވަނީ 278 މިލިއަން ރުފިޔާ ޚަރަދުކޮށްގެން

December 4, 2024
2 ފަހަރު ބަލާފައި
ހިޔާޓަވަރުގައި އިތުރު ލިފްޓް އަޅުވަނީ 278 މިލިއަން ރުފިޔާ ޚަރަދުކޮށްގެން
ހިޔާޓަވަރުގައި އިތުރު ލިފްޓް އަޅުވަނީ 278 މިލިއަން ރުފިޔާ ޚަރަދުކޮށްގެން
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓުތަކަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތަށް މި އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ 100 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރުގެ އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ ހިޔާގެ ހުރިހާ ޓަވަރުތަކެއްގައި އަލަށް ހަރުކުރާ 32 ލިފްޓު ގަނެފައި ވަނީ 18 މިލިއަން ޑޮލަރަށް ކަމަށެވެ. ކޮންމެ ޓަވަރެއްގައި 2 ލިފްޓު ހަރުކުރަން ނިންމާފައިވާއިރު، އެ މަސައްކަތް މިހާރު ހިނގަމުންދާކަން ވެސް ފަޒުލް ފާހަގަކުރެއްވި އެވެ. ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުތަކުގައި 4 ލިފްޓު ހުންނައިރު، އަނެއް ބައި ޓަވަރުތަކުގައި ހުންނަނީ 3 ލިފްޓެވެ. ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަވުމާ އެކު، ލިފްޓުތަކުގެ އަދަދު މަދުވުމުން އަރައި ފޭބުމަށް ދަތިވާތީ އެކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެން ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ. އަލަށް ހަރުކުރާ ލިފްޓުތަކުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭވަރުގެ ބޮޑު ލިފްޓެކެވެ. އެ އާއެކު ދެން ހަރުކުރާ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ