މާލެ: 31°C

ކުރި ޚަރަދު ކައުންސިލަށް ލިބޭ ގޮތަށް "އޮޅު ހިޔާ" މިނިސްޓްރީއާ ހަވާލުކުރަން ކައުންސިލުން ނިންމައިފި

December 4, 2024
2 ފަހަރު ބަލާފައި
ކުރި ޚަރަދު ކައުންސިލަށް ލިބޭ ގޮތަށް "އޮޅު ހިޔާ" މިނިސްޓްރީއާ ހަވާލުކުރަން ކައުންސިލުން ނިންމައިފި
ކުރި ޚަރަދު ކައުންސިލަށް ލިބޭ ގޮތަށް "އޮޅު ހިޔާ" މިނިސްޓްރީއާ ހަވާލުކުރަން ކައުންސިލުން ނިންމައިފި
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ގުޅިގެން ގާއިމްކުރި "އޮޅު ހިޔާ"، ބުޅާ ފެސިލިޓީ އަށް ކައުންސިލުން ހޭދަކުރި ފައިސާ އަނބުރާ ކައުންސިލަށް ލިބޭގޮތަށް، ފެސިލިޓީ މިނިސްޓްރީއާ ހަވާލުރަން ނިންމައިފި އެވެ. ސިޓީ ކައުންސިލުން ޕްލޭންކޮށްފައި އޮތީ މާލޭ ސަރަހައްދުގައި އުޅޭ ބުޅާތައް އެ ބުޅާ ފެސިލިޓީއަށް އިއްޔެ ގެންދަން ފެށުމަށެވެ. ނަަމަވެސް އަމަލުކުރާނެ އެސްއޯޕީތަކަށް ރިއާޔަތްނުކޮށް އެ ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށައިފި ނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާތީ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ އެތަނަށް ބުޅާތައް ނުގެންދިއުމަށް އެގްރިކަލްޗާ މިނިސްޓްރީން އިއްޔެ އޮތީ އިލްތިމާސްކޮށްފަ އެވެ. ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލު ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 174 ވަނަ ޖަލްސާއިންނެވެ. އެ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އިއްޔެ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަން ނިންމާފައިވަނިކޮށް، ބުޅާ ފެސިލިޓީގެ މަސައްކަތް އަދި ނުނިމޭ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. ނަމަވެސް، އާޒިމް ވިދާޅުވީ، މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފުރިހަމައަށް އެތަން ތަރައްގީ ކޮށްފައިވާ ކަމަށެވެ. ފެސިލިޓީގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފު ކޮށްދެއްވަމުން އާޒިމް ވިދާޅުވީ، އެ ފެސިލިޓީ ހުޅުވާ، ބުޅާތައް ގެންދިއުމަށް ތައްޔާރު ކޮށްފައިވާ ކަމަށެވެ. ޖަނަވާރުންނަށް ހާއްސަ ޑޮކްޓަރެއް ހަމަޖެހި، ބުޅަލަށް ކާންދޭ ތަކެތި ވެސް އިއްޔެ ހޯދާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ