މާލެ: 31°C

ނުލިބި ހުރި 226 މިލިއަން ރުފިޔާ އެޗްޑީސީން ހޯދައިފި

December 4, 2024
2 ފަހަރު ބަލާފައި
ނުލިބި ހުރި 226 މިލިއަން ރުފިޔާ އެޗްޑީސީން ހޯދައިފި
ނުލިބި ހުރި 226 މިލިއަން ރުފިޔާ އެޗްޑީސީން ހޯދައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ 226 މިލިއަން ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ. އެޗްޑީސީން ދޫކޮށްފައިވާ ބިންތަކަށް ކުލި ނުލިބޭ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް އެ ކޯޕަރޭޝަނުގެ ވެރން މިއަދު ހާޒިރުކޮށްފައިވެ އެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މަޖިލިހުން މީގެ ކުރިން ފޮނުވި ސިޓީއަކާ ގުޅިގެން މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެއީ ކޮމާޝަލް ޑިވެލޮޕްމަންޓުގެ ޓާމިނޭޝަން އާއި އެކްސްޓެންޝަން ދީފައިވާ ފަރާތްތަކުން 1.4 ބިލިއަން ރުފިޔާ އެ ކޯޕަރޭޝަންއަށް ނުލިބިވާކަން ފާހަގަކޮށްފައި ކަމަށެވެ. އެޗްޑީސީ އާ ހަވާލުވުމަށް ފަހު އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް އޭނާގެ ބެލުމުގެ ދަށުން ރިކަވަރީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީއަކީ އިސް މުވައްޒަފުންނާއި "މިޑްލް މެނޭޖްމަންޓް" ހިމެނޭ ގޮތަށް އެކުލަވާލެވުނު ކޮމިޓީއެއް ކަމަށް ފަޒުން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ