މާލީ ރިފޯމް ކޮމިޝަނަށް ކޮމިޝަނަރެއް ހޯދަނީ

މާލީ ރިފޯމް ކޮމިޝަނަށް ކޮމިޝަނަރެއް ހޯދަނީ
ލިޔުން:
ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ރިފޯމް އޮފީހެއް އުފައްދާފައިވަނީ، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކި ދާއިރާތައް ރިފޯމް ކުރުމަށެވެ.
ފިނޭންސް މިނިސްޓަރީން ސަރުކާޒުގެ މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ، ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ، އެ އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް ކަމަށެވެ.
އެ މަގާމުގެ މަސައްކަތް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމަށް އިއުލާނުގައި ބުންޏެވެ. އަދި އެ މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، އީމެއިލް ކުރުމަށް އެދިފައިވެ އެވެ.
އެ އިއުލާނުގައި ބުނީ، މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިން އަންނަ އާދިއްތަ ދުވަހުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އެ މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަން ވާނެ ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ސަބްސިޑީ މުރާޖާކުރުމާއި، އާސަންދަ ރިފޯމްކުރުމުގެ އިތުރުން އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއް ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
