ހުޅުމާލެ ކޮމާޝަލް ބިންތައް ކައުންސިލާ ހަވާލުނުކުރާނެ

ހުޅުމާލެ ކޮމާޝަލް ބިންތައް ކައުންސިލާ ހަވާލުނުކުރާނެ
ލިޔުން:
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރިޔަސް ކޮމާޝަލް ބިންތައް ކައުންސިލާ ހަވާލުނުކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އިއްޔެ އެޗްޑީސީ އިން ވަނީ ރަސްމީކޮށް މާލެ ސިޓީ ކައުންސިލާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ މަޝްވަރާތަކުގައި، ކޮމަރޝަލް ބިންތައް ހިމެނިގެން ނުދާނެ ކަމަށެވެ. އެއީ އެތަންތަނަކީ އެޗްޑީސީ އިން އާމްދަނީ ހޯދަން ބޭނުންކުރާ ތަންތަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަޒުލް އިތުރަށް ވިދާޅުވި ގޮތުގައި، އެޗްޑީސީއިން ހުޅުމާލެއަށް ދެމުންގެންދިޔަ މުނިސިޕަލް ޚިދުމަތްތަކުގެ ގައިޑްލައިންތައް އެކުލަވާލައި، މުވައްޒަފުން ޓްރާންސްފަރ ކުރާނެ އަދަދު ކަނޑައެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ޓްރާންސްފަރ ކުރާ މުވައްޒަފުންނަށް 1 އަހަރު ދުވަހުގެ މުއްދަތަށް މުސާރަ ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ނަމަވެސް މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ގާނޫނީ ގޮންޖެހުންތައް ހުރިކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރި އެވެ. މީގެ އިތުރުން، ފަޒުލް ވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކަށް ޚާއްޞަ އޮފީސް ޖާގައެއް އަދި އޮޕަރޭޝަނަލް ބޭނުންތަކަށް ވަކި ބިމެއް ޚާއްޞަ ކުރާނެ ކަމަށްވެސް ހާމަކުރައްވާފަ އެވެ.
ހުޅުމާލޭގެ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
