ބުޅާ ފެސިލިޓީ މިނިސްޓްރީއަށް ހަވާލުކުރަން އެންގުމުން ސިޓީ ކައުންސިލުން ގޮތެއް ނިންމަނީ

ބުޅާ ފެސިލިޓީ މިނިސްޓްރީއަށް ހަވާލުކުރަން އެންގުމުން ސިޓީ ކައުންސިލުން ގޮތެއް ނިންމަނީ
ލިޔުން:
މާލެ ސަރަހައްދުގެ ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވަހިކަން ދީ، ބެލެހެއްޓުމަށް ހެދި މަރުކަޒު އެގުރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
'އޮޅުހިޔާ'ގެ ނަމުގައި މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މަރުކަޒުގައި ކައުންސިލްގެ އިންތިޒާމުތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތަނަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން އިލްތިމާސްކުރާ ކަމަށް ބުނެ، އެނިމަލް ވެލްފެއާ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއް ނެރުނެވެ.
މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ކެބިނެޓުގެ ނިންމެވުމަކާ ހަވާލާ ދެއްވައި ސަރުކާރުން އިއްޔެ ވަނީ ބުޅާ ފެސިލިޓީ އެނިމަލްވެލްފެއަރ މިނިސްޓްރީއާ ހަވާލުކުރަން އަންގާފައެވެ.
އެހެންނަމަވެސް އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ތަން ބޭނުންކުރަން ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މިނިސްޓްރީއާ އެތަން ހަވާލުކުރަން އެންގާފައިވާ އެންގުމާމެދު މިއަދު ކައުންސިލުން ގޮތެއް ނިންމާނެއެވެ.
"ކައުންސިލުން ނިންމާ ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނީ،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ އެތަނަށް ބުޅާތައް ގެންދިއުމަށް ސިޓީ ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުގެންދާ ކަމަށާއި އެތަނުގައި ބުޅާތައް ބަލަހައްޓާނެ ގޮޮތުގެ އުސޫލުތައް މިނިސްޓްރީން ކަނޑައަޅާ ސިޓީ ކައުންސިލުގެ މަޝްވަރާއަށް ފޮނުވާފައި ވީނަމަވެސް އަދާ ހަމައަށް ވެސް ކައުންސިލުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
އެކަންކަމާ ގުޅިގެން މިނިސްޓްރީން އިސްނަގައިގެން ސިޓީ ކައުންސިލާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެންގީ އެބައްދަލުވުމަށް ފަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
