މާލެ: 31°C

ސަރުކާރު ކުންފުނިތަކުން ރިސޯޓާއި ގެސްޓް ހައުސް ވިޔަފާރިއަށް ވަނުން ރަނގަޅެއް ނޫން: ފިނޭންސް މިނިސްޓަރ

December 4, 2024
2 ފަހަރު ބަލާފައި
ސަރުކާރު ކުންފުނިތަކުން ރިސޯޓާއި ގެސްޓް ހައުސް ވިޔަފާރިއަށް ވަނުން ރަނގަޅެއް ނޫން: ފިނޭންސް މިނިސްޓަރ
ސަރުކާރު ކުންފުނިތަކުން ރިސޯޓާއި ގެސްޓް ހައުސް ވިޔަފާރިއަށް ވަނުން ރަނގަޅެއް ނޫން: ފިނޭންސް މިނިސްޓަރ
ސަރުކާރުގެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތުގެ ބޭރުން އިތުރު ވިިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ގޯސްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނީގެ މައިގަނޑު މަސައްކަތް ކުރުން މުހިންމުކަމަށެވެ. އެގޮތުން، ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަނުން ވެސް ރަނގަޅު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް "ހަލާލް ޓޫރިޒަމް" އަށް އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ކުންފުނީގެ ފަންޑާއި، ވަސީލަތްތައް އިތުރު އާމްދަނީއެއް ހޯދުމަށް ބޭނުންކުރާނަމަ، ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު އެކަން ކުރުން ރަނގަޅުކަމަށެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް އަދި ބޯޑަށް ، ގެސްޓް ހައުސް ހިންގުން އެންމެ ފައިދާ ހުރި މަސައްކަތްތޯ އަލުން ވިސްނާލުމަށް އޭނާ ވަނީ ލަފާ ދެއްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެޗްޑީސީ، ހައްޖު ކޯޕަރޭޝަން، ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތަކުން ޓޫރިޒަމް ދާއިރާއަށް ވަނުމުން އެކަމުގެ ނަތީޖާ އެންމެ ރަނގަޅު ނުވާނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ