މާލެ: 31°C

ކަރަންޓް ބިލްތަކަށް 400 މިލިއަން ރުފިޔާ ފެނައަށް ނުލިބި ދަތީގައި

December 4, 2024
2 ފަހަރު ބަލާފައި
ކަރަންޓް ބިލްތަކަށް 400 މިލިއަން ރުފިޔާ ފެނައަށް ނުލިބި ދަތީގައި
ކަރަންޓް ބިލްތަކަށް 400 މިލިއަން ރުފިޔާ ފެނައަށް ނުލިބި ދަތީގައި

އަތޮޅުތެރޭގައި ހިންގާ ސަރުކާރުގެ އިދާރާތަކުން ކަރަންޓު ބިލްތަކަށް 400 މިލިއަން ރުފިޔާ ފެނަކަ އަށް ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ އިން އާންމުކުރި މާލީ ހިސާބުތައް ރިއާޔަތްކޮށް، "މިހާރު" އޮންލައިން އިން ރިޕޯޓްކޮށްފައޮވާ ގޮތުގައި،  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަރަންޓު ބިލްތަކަށް 178 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. ސަރުކާރުގެ އިދާރާތަކުން ވެސް 222 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ކައުންސިލް އިދާރާތަކާއި ކޯޓުތަކާއި ހެލްތު ސެންޓަރުތައް ވެސް ހިމެނެ އެވެ.

މިދިޔަ އެއް މަހަށް އެކަނި ބަލާއިރު ވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 47 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަން ރިޕޯޓުން ދައްކަ އެވެ. އަދި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރި ކަރަންޓު ބިލްތަކަށް ނުލިބި 178 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

ބިލްތަކަށް ފައިސާ ނުދައްކާ އިދާރާތަކުގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ނުލިބި 75 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފެނެކަ އިން ބުންޏެވެ.

ސަރުކާރުގެ އިދާރާތަކުން ބޮޑެތި އަދަދުތަކުން ކަރަންޓު ބިލް ނުދައްކާ ހުރި އިރު ފެނަކަ އިން އަމިއްލަ ކުންފުނިތަކަށް 3.7 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކުގެ އަދަދު 2.1 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ