މާލެ: 31°C

ވައި ނުސާފުވާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް

December 4, 2024
2 ފަހަރު ބަލާފައި
ވައި ނުސާފުވާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް
ވައި ނުސާފުވާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް

ވައި ނުސާފުވާ ވަގުތުތަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފުވާ ވަގުތުތަކުގައި، ފުއްޕާމޭގެ މައްސަލަ ހުންނަ މިހުންނާއި ހިތުގެ މައްސަލަ ހުންނަ މީހުން އަދި އެލާޖީގެ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ބޭރަށް ކޮންމެހެން ނުކުންނަން ޖެހޭ ޙާލަތްތަކުގައި ވެސް، މާސްކު އެޅުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެއިތުރުން ތުއްތުކުދިން ބޭރަށް ނުނެރުމަށާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ކޮންމެހެން ބޭރަށް ދާންޖެހޭ ފަދަ ޙާލަތްތަކުގައި ނޫނީ ބޭރަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ކަސްރަތާއި ބޭރުގައި ކުޅޭ ކުޅިވަރުތައް މި ވަގުތަށް މަޑުޖައްސާލުމަށް ވެސް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވެފައިމިވަނީ، އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ކުރަމުންދާތީއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ