ތިލަމާލެ ބްރިޖުގެ ތަނބުތްށް އަތުރަން ފަށަނީ؛ ގުޅީފަޅާއި ތިލަފުށީ ޗެނަލުން ދަތުރުކުރުން މަނާ

ތިލަމާލެ ބްރިޖުގެ ތަނބުތްށް އަތުރަން ފަށަނީ؛ ގުޅީފަޅާއި ތިލަފުށީ ޗެނަލުން ދަތުރުކުރުން މަނާ
ލިޔުން:
ތިލަމާލެ ބްރިޖުގެ ތަނބުތައް އަތުރާލުމުގެ ފެށުމަށްޓަކައި ގުޅީފަޅާއި ތިލަފުށީ ޗެނަލާ ދެމެދު ދަތުރު ނުކުރުމަށް އިން އިލްތިމާސްކޮށްފި އެވެ.
ކޮންސްޓަރްޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މާލެ-ތިލަފުށީ ލިންކް އިނިޝިއޭޓިވްގެ ތެރެއިން އެސަރަހައްދުގައި ތަނބުތައް ހަރުކުރާނެކަން ކަށަވަރުކޮށްދީ، އެކްސްގައި އަންގާރަ ދުވަހު ކުރި ޕޯސްޓެއްގަ އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އެ ސަރަހައްދުގައި ކަނޑުދަތުރު ކުރުން ބަންދުވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިކަމުގެ އިތުރުން ބްރިޖް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ކަނޑުގެ ސަރަހައްދު ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ ކުރިން އޮކްޓޯބަރު މަހުގެ ކުރީކޮޅު މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ތިލަމާލެ ބްރިޖް މްޝްރޫއުގެެ 45.8 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބުނެފަ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
