
އެހީގެ ތަފްސީލް ހާމަކުރެވުނީތީ އެންސްޕާ އިން މާފަށް އެދިއްޖެ
އެހީގެ ތަފްސީލް ހާމަކުރެވުނީތީ އެންސްޕާ އިން މާފަށް އެދިއްޖެ
ލިޔުން:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ގެ އެހީތެރިކަމަށް އެދުނު ފަރާތަކަށް އެ އެޖެންސީން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާގޮތުގެ ތަފްސީލް ހާމަކުރެވުނީތީ އެކަމަށް އެ އެޖެންސީން މާފަށް އެދިއްޖެއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ރޭ ނެރެފަފައިވާ ނޫސް ބަޔަނެއްގައި ބުނެފައިވަނީ ވަކި ފަރާތަކަށް އެ އެއެގޖެންސީން އެހީތެރިކަން ފޯރުކޮށްދިނުމުގައި ތަފާތުކޮށްފައިވާކަމަށް ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަ ތަކަކާ ގުޅިގެން އެ ފަރާތަށް އެ އެޖެންސީން ވެދީފައިވާ އެހީތެރިކަމުގެ ތަފްސީލް ހާމަކުރެވިފައިވާތީ، އެކަމަކީ އެއްމެ ރަނގަޅަށް ކުރެވިފައިވާ ކަމެއްކަމަށް އެ އެޖެންސީއަށް ނުފެންނާތީ އެކަމަށްޓަކައި އެ އެޖެންސީން މާފަށް އެދޭކަމަށް ބުނެފައިވެއެވެ.
އެ އެޖެންސީން އާއްމުކުރި ބަލިމީހާއަށް ދީފައިވާ އެހީގެ ތަފްސީލުގައި ބަލިމީހާގެ އައިޑެންޓިޓީ ހިމަނާފައި ނެތްނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތަކާ ގުޅުވާލާފައި އޮތުމުން އެއީ ކޮންފަރާތަކަށް ވެދެއްވާފައިވާ އެހީތެރިކަން ކަން އެނގޭއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
