މާލެ: 31°C

ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ތަސްދީގުކޮށްފި

December 3, 2024
2 ފަހަރު ބަލާފައި
ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ތަސްދީގުކޮށްފި
ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ތަސްދީގުކޮށްފި
ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ތަސްދީގުކޮށްފި އެވެ. މި ދެ ބިލަކީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލެވެެ. އެ ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮޮށްފައިވާ އިރު އެ ބިލަށް އަމަލުކުރަން ފަށާނީ 6 މަސް ފަހުން ނެވެ. ފިސްކަލް ޒިންމާގެ ބިލަކީ މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ގޮތުން ހުށަހެޅި ބިލެކެވެ. އަދި ދަރަންޏާ ބެހޭ ބިލަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލި ބިލެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ދަރަންޏާ ބެހޭ ބިލަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެއް އުފައްދައި، މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ