ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް ފުލުހުންނަކަށް ނުފެނުނު

ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް ފުލުހުންނަކަށް ނުފެނުނު
ލިޔުން:
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާ މޫސާ (50އ) މަރާލި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒަކިއްޔާ މަރާ ގުޅިގެން އެ ރަށު މީހުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ޒަކިއްޔާ އަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ ހޮޅުދޫ ގައި ކަންބޮޑުވުން ފާޅުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ހާއިރު އެވެ. ކުނި ނަގަން ދިޔަ ބަޔަކަށް ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރަށް ލިބިފައިވާ ހަމަލާއިން ނޭވާހޮޅި ވެސް ވަނީ ބުރިވެފަ އެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު، އެ ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުރި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ބްރީފިން ގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ވަޅީގައި ލޭގައި ހުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
