މާލެ: 31°C

ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ 40 މުވައްޒަފުން ވަކިކޮށްފި

December 3, 2024
2 ފަހަރު ބަލާފައި
ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ 40 މުވައްޒަފުން ވަކިކޮށްފި
ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ 40 މުވައްޒަފުން ވަކިކޮށްފި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބޭ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިސްމާއީލް ސުހެއިލް އެ މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން އިސްތިއުފާދޭން އެންގުމުންކަމަށްވެއެވެ.

'ދައުރު' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަގަށް ތެޔޮ ވިއްކައިގެން ނާޖާއިޒު ފައިދާ ނަގަމުން ދިޔަކަމުގެ ތުހުމަތުގައި އެފްއެސްއެމްގެ އެކި ފަންތީގެ މުވައްޒަފުން ގެ ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވެއެވެ.  

އެފްއެސްއެމްގެ ތެރޭގައި ހިންގި ތެލުގެ ވައްކަމާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ. އޭނާ އެކްސްގައި ލިޔުއްވި ގޮތުގައި އެ ތަހުގީގުގެ ތެރެއިން 10 މީހުންނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ