މާލެ: 31°C

ތައިލެންޑުގެ ސަފީރަކަށް ފުއާދު އައްޔަން ކުރެއްވުމަށް ކޮމިޓީގެ ރުހުން

December 3, 2024
2 ފަހަރު ބަލާފައި
ތައިލެންޑުގެ ސަފީރަކަށް ފުއާދު އައްޔަން ކުރެއްވުމަށް ކޮމިޓީގެ ރުހުން
ތައިލެންޑުގެ ސަފީރަކަށް ފުއާދު އައްޔަން ކުރެއްވުމަށް ކޮމިޓީގެ ރުހުން
ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދެއްވައިފިއެވެ. މި ރުހުން ދެއްވާފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަގާމަށް ފުވާދު ތައުފީގުގެ ނަން ހުށަހެޅުއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ހުށަހެޅުއްވުން އައީ ފުވާދުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ފުވާދު ތައުފީގު އިލެކްޝަންސް ކޮމިޝަނާ ފުރަތަމަ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އޭގެ އަހަރެއްފަހުން، 2009 ވަނަ އަހަރު،  ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރެވުނެވެ. ފުވާދު 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް މި މަގާމުގައި ހުންނެވުމަށްފަހު ކޮމިޝަނުން ވަކިވެވަޑައިގަތެވެ. ދެވަނަ ފަހަރަށް ކޮމިޝަނާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވިއިރު، ފުވާދު ވަނީ ގިނަ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ