މާލެ: 31°C

ބަޖެޓް ލަނޑުދަނޑިތައް ހާސިލްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރަށް އެބައޮތް

December 3, 2024
2 ފަހަރު ބަލާފައި
ބަޖެޓް ލަނޑުދަނޑިތައް ހާސިލްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރަށް އެބައޮތް
ބަޖެޓް ލަނޑުދަނޑިތައް ހާސިލްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރަށް އެބައޮތް
ބައެއް ސިޔާސަތުތަކަށް ބަދަލުއައިނަމަވެސް ބަޖެޓުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަމީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ބަޖެޓްްގައި ހުރި ފިސްކަލް ރިފޯމްތައް ބަޖެޓްްގައި ހުރި ގޮތާއި ހިލާފަށް ބަދަލު ކުރަމުންދާތަން ފެންނަ ކަމަށެވެ. އެގޮތުން އެންމެ ހުން ޕެންޝަންގެ ކަންކަމުގައިވެސް ނިންމި ނިންމުން ބަދަލުކުރިކަން ފާހަގަކުރެއްވި އެވެ. މެންބަރު ވަނީ މިހާރު ކަންކަން ވަމުންދާގޮތުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ޓާގެޓްތައް ހާސިލުވާނެތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބަޖެޓަކީ ފައިސާ ހަރަދުކުރާނެ އަދި ފައިސާ ހޯދާނެގޮތުގެ ޕްލޭނެއް ކަމަށާއި އޭގެތެރެއިން ބައެއް ކަންކަމަކީ އިސްލާހު ގެނެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަންކަން ކަމަށެވެ. ބައެއް ފަހަރު ކުރިން ފޯކާސްޓްކުރި ގޮތް ނޫން އެހެން ގޮތަކަށް ގޮސްދާނެ ކަމަށާއި، އެހެންނަމަވެސް ބަޖެޓް ހުށަހެޅިއިރު ފާހަގަކުރިގޮތަށް ހާސިލު ކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން، ދައުލަތުގެ ވަޒީފާއިން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތް އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމުމަށްފަހު އެ ނިންމުންވަނީ ބަދަލުކޮށްފަ އެވެ. ސަރުކާރުގެ ނިންމުން ބަދަލުކޮށް އަލަށް ރިޓަޔާވާ މީހުންނަށްވެސް މަހުން މަހަށްދޭ ޕެންޝަން ދެމުންގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އިއްޔެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ