ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުގެ ދަށުން ސިޔާސީ ކަންކަމަށް ޚަރަދު ނުކުރެވޭ ގޮތް ހަމަޖައްސައިފި

ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުގެ ދަށުން ސިޔާސީ ކަންކަމަށް ޚަރަދު ނުކުރެވޭ ގޮތް ހަމަޖައްސައިފި
ލިޔުން:
ސިޔާސީ މަގުސަދުތައް ހާސިލުކުރަން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ސަރުކާރުގެ ކުންފުނިތަކަށް ނުހިންގޭ ގޮތަށް އުސޫލެއް އެކުލަވާލައިފި އެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އިޖުތިމާއީ ޒިންމާއާ ގުޅޭ ގައިޑްލައިން"ގެ ނަމުގައި ޕްރައިވެޓައިޒޭޝަން އެންްޑް ކޯޕަރޭޝަން ބޯޑުން އެކުލަވާލި އުސޫލަށް އަމަލުކުރަން ފެށީ މިއަދު އެވެ.
އެ އުސޫލު އެކުލަވާލުމުގެ މަގުސަދަކީ އިންސާނީ ހައްގާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުމާއެކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ފަދަ އިޖުތިމާއީ ޒިންމާގެ ތެރޭގައި ހިމެނޭ މުހިންމު އަސާސްތައް ކަނޑައެޅުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އުސޫލުގައިވާ ބުނެފައިވާ ގޮތުގައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ އިޖުތިމާއީ ހަރަކާތްތަކަކީ އެއްވެސް ސިޔާސީ މަގުސަދަކަށް ނުވަތަ ސިޔާސީ ބޭނުމަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ކެމްޕޭންއަކަށް ނުވަތަ ސިޔާސީ ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ވެފައިވާ ވައުދެއް ފުއްދުމަށް، ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް އެހީތެރިވެވޭނެ ގޮތަށް އިޖުތިމާއީ ޒިންމާގެ ސިޔާސަތު ކުންފުނިތަކަށް އެކުލަވައި ނުލެވޭނެ އެވެ.
މީގެ ކުރިން ސަރުކާރުތަކުގައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަަކައި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ދަށުން ކަމަށް ބުނެ ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
