
އެގްރޯނެޓް ކުންފުނިން ދަނޑުވެރިން އަތުން ތަކެތިގަތުން ވަގުތީގޮތުން ހުއްޓާލައިފި
އެގްރޯނެޓް ކުންފުނިން ދަނޑުވެރިން އަތުން ތަކެތިގަތުން ވަގުތީގޮތުން ހުއްޓާލައިފި
ލިޔުން:
ދަނޑުވެރިން ހައްދާ ތަކެތި ގަނެ މާކެޓް ކުރުމަށްޓަކައި އުފައްދާފާއިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ކުންފުނީގެ އޮޕަރޭޝަން ވަގުތީގޮ ތުން ހުޓާލައިފި އެވެ.
2020 ވަނަ އަހަރު އުފައްދާފައިވާ އެ ކުންފުންޏަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ދަނޑުވެރިން އުފައްދާތަކެތި ގަނެ ބާޒާރުތަކަށް މާކެޓްކޮސް ވިއްކުމަށްޓަކައި އުފައްދާފައިވާ ކުންފުޏެކެވެ. އެގޮތުން އެކުންފުނިންވަނީ އެކަމަށް ހާއްސަކޮށް އެގްރޯ ބޯޓު ވެސް އުފައްދާފައެވެ. އެގްރޯ ބޯޓަކީ ދަނޑުވެރިން އުފައްދާ ތަކެތި ކަލެކްޓްކޮށް ތާޒާ ކަމާއެކު މާކެޓާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ފިނިކުރެވޭނެ އިންޒާމާއެކު ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކޮސްފައިވާ ބޯޓެކެވެ.
އެގްރޯނެޓް ކުންފުނިން ބުނެފައިވަނީ އެ ކުންފުނީގެ މަސައްކަތްތައްއް މިދިޔަ ނޮވެމްބަރ 30 އިން ފެށިގެން ހުޢްޓާލާފައިވާ ކަމަށާއި، އެހެންކަމުން މިވަގުތު ދަނޑުވެރުންގެ އަތުން ތަކެތި ގަތުން ހުއްޓާލާފައިވީ ނަމަވެސް އެކުންފުނީގައި ތިބި 182 މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ ކަމަށެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށްޓަކައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެގްރޯނެޓް ހުއްޓާލައި އެ ކުންފުނި މިހާރު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް) ގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
