މާލެ: 31°C

ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމުން އަދަބު ލުއިކޮށް މަޢާފު ދެވޭ ގޮތް ހަދަނީ

December 2, 2024
2 ފަހަރު ބަލާފައި
ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމުން އަދަބު ލުއިކޮށް މަޢާފު ދެވޭ ގޮތް ހަދަނީ
ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމުން އަދަބު ލުއިކޮށް މަޢާފު ދެވޭ ގޮތް ހަދަނީ
ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގަ އާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ޕްރޮގްރާމް ފުރިހަމަ ކުރުމުން ހުކުމަށް ލުއި ދިނުމާއި، ހުކުމް މައާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހުށަހެޅީ ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ރައީސް ނިންމެވީ، ގައިދީންނަށް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ހުކުމަށް ލުއި ދިނުމާއި، މާފުކޮށް ދިނުމަށެވެ. އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުނު ކަރުދާހުގައިވަނީ، ރީހެބިލިޓޭޝަން ފްރޭމްވާކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލު ކުރުމަށެވެ. އަދި ރިހެބިލިޓޭޝަން ފްރޭމްވާކާއި، މައާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ހުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށް އެ ކަރުދާހުގައިވެ އެވެ. ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމެވީ، ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަރުދާހުގައިވާ ގޮތުގެ މަތިން އެޅުމަށެވެ. އެގޮތުން، އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ހަވާލުކުރެވި، އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސަވާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ