މާލެ: 31°C

14 ބިދޭސީން އަތުލައިގެންފި

December 2, 2024
2 ފަހަރު ބަލާފައި
14 ބިދޭސީން އަތުލައިގެންފި
14 ބިދޭސީން އަތުލައިގެންފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ 2 އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 14 މީހުން އަތުލައިގެންފި އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު، ކޮންމެ ދުވަހަކުހެން ދަނީ ރެއިޑުތައް ކުރަމުންނެވެ. އެ ރެއިޑުތަކުގައި ބިދޭސީން މަސައްކަތްކުރާ ތަންތަނުގެ އިތުރުން އެމީހުން ދިރިއުޅޭ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކްފޯހުން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 2 އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. "ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީ 9 ފިރެހެނުން އަދި ދެ ވަނަ ތަނުން ބިދޭސީ 3 އަންހެނަކާއި 2 ފިރެހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޓާސްކްފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއް ނެތި މިހާތަނަށް އައިއިރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ އޮފިސަރުން ހިމަނައިގެން މާލެ އަދި ހުޅުމާލޭގައި މާސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޮޕަރޭޝަންތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ވަނީ ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ