އިހްސާންގެ ޓްވީޓަކުން ފިއުލް ސަޕްލައިގެ ބޮޑު ވައްކަމެއް ތިލަކުރައްވައިފި

އިހްސާންގެ ޓްވީޓަކުން ފިއުލް ސަޕްލައިގެ ބޮޑު ވައްކަމެއް ތިލަކުރައްވައިފި
ލިޔުން:
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭ ފައިސާ ލޯންޑަކުރަމުންދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އެކަން ހާމަކޮށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ތެޔޮއުފުލާ 2 ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައި" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުން އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ އެފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
