
އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ ގެ މަޝްހޫރު ބަތަލާ ޝޯބީތާ މަރުވެފައި އޮއްވާ ފެނިއްޖެ
އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ ގެ މަޝްހޫރު ބަތަލާ ޝޯބީތާ މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުން:
އިންޑިއާގެ ސައުތު ފިލްމު އިންޑަސްޜޓްރީގެ ފިލްމުތަކާއި ޓީވީ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ޝޯބީތާ ޝިވަންނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އިންޑިއާގެ ފުލުހުންނާ ޚަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ ބަތަލާ ޝޯބީތާ ޝިވަންނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގަޗީބޯލީ ޕޮލިސް ސްޓޭޝަން ސަރަހައްދުގެ ކޮންޑާޕޫރުގައި ހުންނަ އޭނާގެ ގެއިންކަމަށެވެ. އަދި ބެލެވޭ ގޮތުގައި މަރުވެފައިވަނީ އަމިއްލައަށްކަމަށް ބެލެވޭ ކަމަށާއި މިހާރު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ގާންދީ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ.
ބަތަލާ ޝޯބީތާ ޝިވަންނާގެ ހިތާމަވެރި މަރުގެ ސީދާ ސަބަބެއް އަދި ނޭނގޭއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންކަމަށްވެސް އިންޑިއާގެ މީޑިއާތުން ރިޕޯޓުކޮށްފައިވެއެވެ.
ޝޯބިތާ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ، އޭގެ ތެރޭގައި އެރަޑޮންޑްލާ މޫރު، އޭޓީއެމް، އެޓްރިސްޓް ޓު މާޑާ، އޮންދް ކަތޭ ހެލާ، ޖެކްޕޮޓް އަދި ވަންދަނާ ހިމެނެ އެވެ. މީގެ އިތުރުން ގާލިޕަޓާ، މަންގަލާ ގައުރީ، ކޮގިލޭ، ބްރަހްމަގަންޓޫ، ކްރިޝްނާ ރުކްމިނީ ފަދަ ޓީވީ ސިލްސިލާތަކުގައި ވެސް އޭނާ މުހިއްމު ރޯލުތަކެއް ކުލެދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
