
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ކެލައިން 5 މީހަކު ހައްޔަރުކޮށްފި
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ކެލައިން 5 މީހަކު ހައްޔަރުކޮށްފި
ލިޔުން:
ހއ. ކެލައަށް ފުލުހުން އަރައި އެރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުކުރެވޭ 5 މީހަކު ހައްޔަރުކޮށްފިއެވެ.
އެ ރަށުގައި ހިންގާފައިވާ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މީޑިއާ އަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ކެލާގެ ނުވަ ތަނެއް ބަލައި ފާސްކޮށް ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 5 މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންގެންދާ ކަމަށެވެ.
ފުލުހުން އެރަށަށް އައަރި އެ އޮޕަރޭޝަން ހިންގާފައިވަނީ އެރަށުގައި އެރަށުގައި ބަލިތައް އިތުރުވެ އެކަންކަމަކީ ސިހުރުވެރިކަމުގެ ސަބަބުން ކުރިމަތިވާ ކަންކަން ކަމަށް އަޑުތައް ފެތުރުމާގުޅިގެން އާއްމުންގެ ގިނަ ބައެއްގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ކަމަށްވެއެވެ. އެގޮޮތުން އެރަށުގައި ސިހުރު ހަދާކަމަށް ބެލެވޭ ގެތަކަށް ފުލުހުންވަދެ ބަލާ ފާސްކޮށް ބައެއް ގެތަކުން ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
