މާލެ: 31°C

ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް މަޢުލޫމާތު އޮޅުވާލާފައިވޭ: ސައުދު

December 1, 2024
2 ފަހަރު ބަލާފައި
ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް މަޢުލޫމާތު އޮޅުވާލާފައިވޭ: ސައުދު
ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް މަޢުލޫމާތު އޮޅުވާލާފައިވޭ: ސައުދު
ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި ގާނޫނާއި ހިލާފަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދިއްޖެ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ސިޓީ ފޮނުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ސިޓީގައި ބުނެފައިވަނީ ގާނޫނުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެކަމުގައި ތިނަދޫ ކައުންސިލުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށްވެސް ސައުދުގެ ސިޓީގައި ބުނެފައިވެ އެވެ. އެހެން ރަށްތަކުގެ ރަޖިސްޓްރީގައި ތިބި މީހުން, އެ މީހުންނަށް ނޭނގި ތިނަދޫގެ ރަޖިސްޓްރީއަށް ބަދަލުކޮށް, ތިނަދޫގެ ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު ޑަބަލްކޮށް ހިމަނާ, މީހުންގެ ނަމާއި ގޭގެ ނަންތައް އެކި ގޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. "މާކުރިން މަރުވެފައިވާ މީހުން ދިރިތިބި ކަމަށް ހަދައި, އެތައް ދުވަހެއްގެ ކުރިން ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުންވެސް ތިނަދޫގެ ރަޖިސްޓްރީގައި ހިމަނައިގެން ތިނަދޫގެ އާބާދީ 10,150 ކަމަށް ހަދާފައިވުމުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ގިނަބަޔަކު ފާޅުކުރަމުންދެ،" މެންބަރު ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް ކަމަށް ބޮޑަށް ބެލެވެނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަރުން ހޮވުމަށްފަހު ކައުންސިލްގެ ރައީސް މޭޔަރުކަމަށް ވަޑައިގަންނަވަން ކަމަށާއި ރައީސް ސޯލިހު ދެން އެ ރަށަށް ވަޑައިގަންނަވާނީ ސިޓީއަކަށް ހައްދަވާފައި ކަމަށް ވިދާޅުވުމުން ކަމަށެވެ. ސައުދު ވިދާޅުވީ އެލްޖީއޭއިން ރެންޑަމްކޮށް ޗެކްކުރިއިރު 307 މީހުންގެ އައިޑީކާޑު ނަންބަރު ތަކުރާރުވެފައިވާ ކަމަށާއި ޑީއެންއާރްގެ ހިސާބުތަކުން 8000 މީހުން ވެސް ތިނަދޫގައި ހަމަ ނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ