މާލެ: 31°C

ސައިކަލް އެކްސިޑެންޓްވުމުން ފިލި މީހަކު ހައްޔަރުކޮށްފި

December 1, 2024
2 ފަހަރު ބަލާފައި
ސައިކަލް އެކްސިޑެންޓްވުމުން ފިލި މީހަކު ހައްޔަރުކޮށްފި
ސައިކަލް އެކްސިޑެންޓްވުމުން ފިލި މީހަކު ހައްޔަރުކޮށްފި
ސިނާމާލެ ހައިވޭގައި ބާރު ސްޕީޑުގައި އޯވާޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއް ގައި ޖެހި  އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ އިއްޔެ 14:43 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓް ގައި އަނިޔާވީ ފިރިހެނަކާއި އަންހެނަކަށް ކަމަށާއި އެ ދެ މީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ގަވައިދާ ހިލާފަށް އޯވާޓޭކްކުރި ސައިކަލު އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔުމުންވެސް ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހައްޔަރުކުރީ ބ. އޭދަފުށި، ފަސްމީރު، ޝުނާން މުހައްމަދު ޝާކިރު (22އ) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ