މާލެ: 31°C

ސިފައިންގެ ވަޒީފާއަށް ނުވަންނަންވެގެން ފަލަވެ 20 ކިލޯ ބަރުކުރި މީހަކު ޖަލަށްލައިފި

December 1, 2024
2 ފަހަރު ބަލާފައި
ސިފައިންގެ ވަޒީފާއަށް ނުވަންނަންވެގެން ފަލަވެ 20 ކިލޯ ބަރުކުރި މީހަކު ޖަލަށްލައިފި
ސިފައިންގެ ވަޒީފާއަށް ނުވަންނަންވެގެން ފަލަވެ 20 ކިލޯ ބަރުކުރި މީހަކު ޖަލަށްލައިފި
އަސްކަރިއްޔާއާއި ގުޅެން ބޭނުންނުވާތީ، ވިސްނުންތެރިކަމާއެކު ބަރުދަން އިތުރުކޮށް އަސްކަރީޔާއަށް ނުވައްދާނެ މިންވަރަށް ބަރުދަން އިތުރުކުރުމަށޓަކައި ފަލަވެ 20 ކިލޯ ބަރުދަން އިތުރިކުރި މީހަކު ދެކުނު ކޮތރެއާގެ މިލިޓަރީ ގާނޫނާ ޚިލާފުވިކަން ސާބިތުވެފައިވާތީ، އޭނާގެ މައްޗަށް ވަނީ ޖަލުހުކުމް އިއްވާފައެވެ. ދެކުނު ކޮރެއާގެ އަސްކަރީ ގާނޫނުގައި އޮންނަ ގޮތުން ކުޅަދާނަކަން ލިބިގެންވާ ފިރިހެނުން 18-21 މަސް ވަންދެން އަސްކަރިއްޔާގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ގާނޫނާ ޙިލާފުވެފައިވާތީ ސޯލް އީސްޓާން ޑިސްޓްރިކްޓް ކޯޓުން ބުނީ 26ބ އަހަރުގެ އެ ޒުވާނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށާއި، ދެ އަހަރަށް ސަސްޕެންޑް ކުރީ ކޮންސްކްރިޕްޝަނުން ސަލާމަތްވާން އުޅުމުގެ ކުށުގައި ކަމަށެވެ. އަދި އޭނާއަށް އެހީތެރިވި އިތުރު މީހަކަށް ސަސްޕެންޑްކޮށްފައިވާ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ކޯޓުން ބުންޏެވެ. ރިޕޯޓަތައް ބުނާގޮތުން 5 ފޫޓް 6 އިންޗި ދިގުމިނުގައި ހުންނަ އެ މީހާގެ އާއްމު ބަރަދަނަކީ 83 ކިލޯ އެ ބަރުދަނަކީ އެކްޓިވް ޑިއުޓީ ސިފައިންގެ މީހަކަށް ވުމަށް އެކަށީގެންވާ ބަރުދަނެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ މީހާ އެކްޓިވް ސިފައިންގެ މީހަކަށްވާން ބޭނުންނުވާތީ އޭނާގެ ރަހްމަތްތެރިއާގެ އިރުޝާދުގެ ދަށުން ބަރުދަން އިތުރުކޮށް ކެޓަގަރީ ބީ އަށް ބަދަލުވާން ވަނީ މަސައްކަތް ކޮސްފައެވެ. ކެޓަގަރީ ބީ އަކީ އިޖުތިމާއީ ޚިދުމަތުގެ ދާއިރާއެވެ. އެހެންކަމުން އޭނާ ދުވާލެއްގެ މައްޗަށް އެމީހާ ކެއުން ދެގުނަ އަށް އިތުރުކޮށް އަދި ހައި ފެޓް އަދި ހައި ކެލޮރީ ކާނާ ބޭނުންކުރަން ފެށުމުގެ އިތުރުން ޑެލިވަރީ ކުރާ މީހެއްގެ ޕާޓްޓައިމް ވަޒީފާ ވެސް ދޫކޮށްލާފައިވާ ކަމަށް ކޯޓުގެ ޕަބްލިކް އެފެއާޒް އޮފީހުން ބުނެފައިވެއެވެ. އިގޮތުން 2022-2023 އަށް 3 ފިޒިކަލް އިމްތިހާނެއް އިންނައިރު ބަރުދަން ހުރީ 102-105 ކިލޯ އާއި ދެމެދުގައެވެ. ދެކުނު ކޮރެއާގައި އަސްކަރީ ކޮންސްކްރިޕްޝަން ސިސްޓަމް ހަރުކަށިކޮށްފައި އޮންނަނީ އުތުރު ކޮރެއާގެ ނުރައްކަލަކާ ކުރިމަތިލާން ތައްޔާރުވުމަށެވެ. ނަމަވެސް ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް އޭގެ ބަދަލުގައި ވެލްފެއާ ސެންޓަރުތަކާއި ކޮމިއުނިޓީ ސާވިސް ސެންޓަރުތައް ފަދަ އަސްކަރީ ނޫން ތަންތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު އޮންނައިރު،ރިއަސް ޞިއްޙީ މައްސަލަތައް ހުންނަ މީހުން މުޅިން އިސްތިސްނާކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަރުދަން އިތުރުކުރުމާއި ސިއްހީ މައްސަލަތައް އަމިއްލައަށް ހޯދައިގަނެ އަސްކަރީ ހިތުމަތުން ދުރުވާން މަސައްކަތްކޮށްގެން ކޮންމެ އަހަރަކުވެސް އެފަދަ 50-60 އާ ދެމެދުގެ އަދަދަކަށް މައްސަލަ ސާބިތުކުރެވޭ ކަމަށްވެސް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ