"މިދިޔަ ޙައްޖުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކޮންމެ ޙައްޖު ވެރިއަކަށް ޓެގެއް އަޅުވަމުން ގެންދިޔަ. އޭގެ ނަތީޖާ ރަނގަޅު އިނގޭތޯ. އެއީ ގެއްލޭ މީހުން ހޯދައި ގެނެސް އެމީހުން ހޮޓަލަށް ވައްދަން ވަރަށް ފަސޭހަވެގެންދިޔަ. އެހެންވީމަ މިފަހަރުގެ މިޑިސެންބަރުގައި ވަރަށް ގިނަ މީހުން ގޮވައިގެން އަޅުގަނޑުމެން މިދަނީ 800 އެއްހާ މީހުން ގޮވައިގެން އުމްރާއަށްދާތީވެ އަޅުގަނޑުމެން ނިންމީ އެމީހުންނަށްވެސް ކޮންމެ މީހަކަށް އޭގެ ޓެގެއް އަޅުވަން. މިއީ އަޅުގަނޑުމެން ރާއްޖޭން އުމްރާއަށް ދާ މީހުންގެ ޓެގެއް އަޅުވާ ފުރަތަމަ ފަހަރު."ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް އިތުރަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ދިގުމުއްދަތަކަށް ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ބަލަމުންދާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ހައްޖުކޯޕަރޝަނުން މާފުށީ ކައުންސިލާ ގުޅިގެން އެރަށުގައި ސިޓީހޮޓަލެއް އެޅުމަށް އޮކްޓޯބަރު މަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި އެ ކުންފުނީ ގެ އެމްޑީ ވިދާޅުވެފައިވަނީ މާފުށީގައި ހަލާލް ޓޫރިޒަމަށް އެކުންފުންނާ އެކު އިންވެސް ޓްކުރުމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
ޑިސެންބަރު އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރާނެ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

ޑިސެންބަރު އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރާނެ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ލިޔުން:
ޑިސެންބަރު އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ، މީހުން ގެއްލިގެން ގިނަ ވަގުތުތަކެއް ވެގެންދިއުމުން ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިވުން ފަދަ ކަންކަން މީގެކުރިން ދިމާވެފައި އެބަހުރިކަމަށާއި ނަމަވެސް ނިމިދިޔަ ޙައްޖުގައި އެކޯޕަރޭޝަނުން މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކުރުމުން އޭގެ ނަތީޖާ ފެނުނީ ވަރަށް ރަނގަޅަށްކަމަށެވެ. އެހެންކަމުން މިޑިސެންބަރު އުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށްދާ ފަހަރުކަމަށްވާތީ ޙައްޖު ކޯޕަރޭޝަނުން މި ފަހަރުގެ އުމްރާގައި ޓްރެކިންގ ޑިވައިސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
